English Edition
Dhivehi Edition

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވޯޓު ވޯޓުލައްވައިފިއެވެ.

ރައީސް ސޯލިހް ވޯޓު ލައްވާފައިވަނީ ޅ.ހިންނަވަރު ރައްޔިތުން ވޯޓު ލުމަށް ޖަމާލުއްދީން ސުކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒު ވޯޓު ލައްވާފައި ވަނީ ތާޖުއްދީން ސްކޫލު ހޯލުގައި ބަހައްޓާފައިވާ މާފަންދު ދެކުނު ދާއިރާގެ އެއް ނަންބަރު ވޯޓު ފޮއްޓަށެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލެއްވުމަށް ފަހު ވޯޓު ލެއްވުމަށް ފަހު ރައީސް ސޯލިހް ވިދާޅުވީ މި ބުރު ކާމިޔާބުވާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށާ އެކަމަކު އެކަން ބިނާވާނީ ވޯޓުލާން ނުކުންނަ މީހުންގެ އަދަދުން ކަމަށެވެ، ފެންނަނީ ފުރަތަމަ ބުރާ ހިލާފަށް ގިނަ ބަޔަކު ވޯޓުލާން ނުކުންނަ މަންޒަރުކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވަނީ އިންތިހާބުގެ ދެވަނަ ބުރުގައި ލިބިވަޑައިގަންނަވާ ވަކި ޕަސެންޓެއް ދަންނަވަން އެނގިވަޑައިނުގަތަސް ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށެވެ. މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ޝަލް މީޑިއާގައި ތަފާތު ތުހުމަތުތައް ކުރި ނަމަވެސް އެމްޑީޕީން ގާނޫނާ ހިލާފް އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ.

އިތުރަށް ރައީސް ސޯލިހް ވިދާޅުވީ ފުރަތަމަ ބުރަށް ފަހު މިވީ ވިއްސަކަށް ދުވަސް ތެރޭ އެމްޑީޕީން ކުރި ކަމަކީ ކަންކަން އިންތިޒާމްކުރުން ކަމަށާއި އެ އިންތިޒާމްތަކާ އެއްގޮތަށް ކުރިއަށްދާތަން ފެނިވަޑައިގަންނަވާކަމަށެވެ. އަދި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ގިނަވުމަކީ އެ މަނިކުފާނަށް ކާމިޔާބުވުމަށް ލިބޭ ބާރަކަށް ވާނެކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލެއްވުމަށް ފަހު ވޯޓު ލެއްވުމަށް ފަހު ނޫސްވެރިން ކުރި ސުވާލައް ޖަވާބު ދެއްވަމުން މުއިއްޒު ވަނީ ދިވެހި ރައްޔިތުންނަށް ލިބިފައިވާ ގާނޫނީ ހައްގުގެ ބޭނުން ހިފައި ވޯޓުލުމަށް އެދިވަޑައިގެންފައެވެ. އަދި ވޯޓުލުމުގެ ހައްގުލިބިފައިވާ ހުރިހާ ރައްޔިތުން ވޯޓުލުމަށާ ފުރަތަމަ ބުރަށް ވުރެ ގިނަ މީހުން ވޯޓުލުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން މުއިއްޒު ވަނީ ވޯޓުލުން ބަންދު ކުރާނީ ހަވީރު 5 ޖަހާއިރު ކަމަށްވީ ނަމަވެސް ވީހާވެސް އަވަހަށް ހެނދުނާ ނިކުމެ ވޯޓުލާން އެދިވަޑައިގަންނަވާފައެވެ.