ތިލަމާލެ ބްރިޖު ގެ މަސައްކަތް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު ކަމަށާއި، އެކަމާއި ދެރަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ ތިލަމާލޭ ބްރިޖްގެ މަސައްކަތް ނިންމުނު ނަމަ މި އިންތިހާބުގެ ނަތީޖާއަށް އޭގެ ރަނގަޅު އަސަރު ކުރާނެކަމަށެވެ. ބްރިޖްގެ މަސައްކަތް ނިންމަން ދިން މުއްދަތައް ނުނިމުނީ އެކަމުގައި ޓެކްނިކަލް ގިނަ މައްސަލަތަކެއް ކުރިމަތިވެގެން ކަމުގައި ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވަނީ ވޭތުވެދިޔަ ފަސް އަހަރުދުވަހު ދަތިތަކާއި އުނދަގޫތަކާއި އެކުވެސް ރައްޔިތުންނަށް ރަނގަޅު ޚިދުމަތްތަކެއް ކޮށްދެއްވިއްޖެކަމުގެ އިޙްޞާސްކުރެއްވޭކަމަށް ވިދާޅުވެފައެެވ. އަދި މިސަރުކާރުން ރައްޔިތުންގެ ހެވާއި ލާބަޔަށް ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް އަލަށް އުފެދޭ ސަރުކާރުން ކުރިޔަށް ގެންގޮސްދެއްވައި ދިވެހި ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވުމަށް ރައީސް ސޯލިހް ވަނީ އެދިވަޑައިގެންފައެވެ.