English Edition
Dhivehi Edition

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގެ ވަގުތު މިއަދު ދޭއް ޖެހިއިރު ހަމަވިއިރު އަށް ކެންޑިޑޭޓަކު ކުރިމަތިލައްވައިފި އެވެ.

މިއީ ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރައްވާ ފަހަރެވެ. ދެވަނަ އަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރެއްވީ 2008 ވަނަ އަހަރު އެވެ. އެފަހަރު ހަ ބޭފުޅަކު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އެވެ.

މި ފަހަރުގެ ރިޔާސީ . އިންތިޚާބުގައި ވާދަކުރައްވަވާ ކެނޑިޑޭޓުންނަކީ:

  • ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް – އެމްޑީޕީ
  • މުހައްމަދު ނާޒިމް – އެމްއެންޕީ
  • ގާސިމް އިބްރާހިމް – ޖުމްހޫރީ ޕާޓީ
  • މުހައްމަދު މުއިއްޒު – ޕީއެންސީ
  • އަހުމަދު ފާރިސް މައުމޫން – އަމިއްލަ
  • އުމަރު ނަސީރު – އަމިއްލަ
  • ހަސަން ޒަމީލް – އަމިއްލަ
  • އިލްޔާސް ލަބީބް- ޑިމޮކްރެޓްސް

ރިޔާސީ އިންތިހާބަށް ވާދަކުރަން ފޯމް ހުށަހެޅި ޕާޓީތަކަކީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި ޑިމޮކްރެޓްސް އާއި ޕީއެންސީ އަދި އެމްއެންޕީ އެވެ. އަމިއްލަ ގޮތުން ވާދަ ކުރައްވަން ފޯމް ހުށަހެޅުއްވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން އާއި ޑިފެންސް މިނިސްޓްރީގެ ނައިބަކަށް ކުރިން ހުންނެވި ހަސަން ޒަމީލެވެ.

ރިޔާސީ އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އިންތިހާބު ބޭއްވުމަށް އިލެކްޝަނުން ނިންމާފައި ވަނީ ސެޕްޓެމްބަރު 30ގަ އެވެ.