English Edition
Dhivehi Edition

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެންޑިޑެސީ ފޯމު ފާސްކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދުނު ލިޔުންތައް ހުށަހެޅުމުން އޭނާގެ ކެންޑިޑެސީ ބަލައިގެންފައިވާ ކަމަށް ކޮމިޝަނުން ބުނެފި އެވެ.

އިލްޔާސް ލަބީބުގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ. ނަމަވެސް އިލްޔާސްގެ އިންތިހާބީ އެޖެންޓު ފާތިމަތު ނިއުމާގެ މައްޗަށް ހުކުމްކޮށްފައި އޮތް ސާބިތު ދަރަންޏެއް ހަލާސްކުރިކަން އެނގެން ނެތުމުން ރޭގެ ނިޔަލަށް ވެސް ފޯމު ފާހެއް ނުވެއެވެ.

އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ، އިލްޔާސްގެ ފޯމުގައިވާ މައުލޫމާތާއި ތަކެތި، އެ ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ގާނޫނުގައިވާ ގޮތުގެ މަތީން، އޭނާއަކީ ރިޔާސީ އިންތިހާބަށް ޝަރުޠު ހަމަވާ ބޭފުޅެއްކަމުގައި ބަލައި އެކަން އެ ކޮމިޝަނުން ގަބޫލު ކޮށްފައިވާ ކަމަށެވެ

އަންނަ މަހު ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދު މެންދުރު 2:00 ގައި ހަމަވާނެ އެވެ.