English Edition
Dhivehi Edition
އަހްމަދު ފުވާދު

އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް ފުވާދު ތައުފީގްގެ ދަރިކަލުން އަހްމަދު ތައުފީގް ނިޔާވެއްޖެއެވެ.

އަހްމަދު ފުވާދު ނިޔާވީ އިންޑިއާގެ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އަހްމަދު ފުވާދު ފުރަމޭގެ ބައްޔެއްގައި ފަރުވާ ހޯދަމުން އަންނަތާ ދުވަކޮޅެއްވެފައިވާއިރު އޭނާ ނިޔާވީ ކާޑިއެކް އެރެސްޓެއްގައެވެ.

އަހްމަދު ފުވާދު ނިޔާވުމާ ގުޅިގެން އީސީ ގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވަނީ ފުވާދު ތައުފީގަށް ތައުޒިޔާ ދަންނަވާފައެވެ.. “މައްޔިތާގެ ފުރާނަފުޅާށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށި، ފުއާދު އާއި އާއިލާ އެންމެހާ ބޭފުޅުންނަށް ކެއްތެރިކަން މިންވަރު ކުރައްވާށި” ހަބީބްގެ ޓުވީޓްގައި ވިދާޅުވިއެވެ