English Edition
Dhivehi Edition

ފުވައްމުލައް ސިޓީ ދަނޑިމަގު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތްތައް ފަށައިފިއެވެ.

މި މަސައްކަތްކުރާ ކުންފުނި އެމްޓީސީސީ އިން ބުނީ މި މަސައްކަތް ފެށީ ޖުލައި 28 ވަނަ ކަމަށެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން، 5,263.65 އަކަ މީޓަރުގެ ސަރަޙައްދެއް އެކްސްކަވޭޓް ކުރުމާއި، 4,511.70 އަކަ މީޓަރުގެ ސަރަޙައްދެއްގެ ބެކްފިލިންގ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި 15,039 އަކަ މީޓަރުގެ ސަބްބޭސް މަސައްކަތާއި ކޮމްޕެކްޝަން މަސައްކަތް ވެސް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން 460.29 އަކަ މީޓަރުގެ ޕޭވްމަންޓް ހަރުކުރުމާއި، ކަރބް ސްޓޯން ހަރުކުރުމާއި، ކާނު މަތިގަނޑާއި، ފެންހިންދާ ވަޅުގަނޑާއި، ގްރޭވަލް ޕިޓްސް ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

މިއީ 2.59 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.