English Edition
Dhivehi Edition

އެމީހަކު ނުރުހޭ ނަން ނަމުން ގޮވައި ހެދުމާއި ހަޑިހުތުރު ބަސްތަކުން މުހާތަބު ކުރުމަކީ އިސްލާމް ދީނުގައި މަނާ ކުރައްވާފައިވާ ކަންކަން ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުތުބާގައި ބުނީ އިސްލާމީ އުއްމަތަކީ އެއް އުއްމަތެއް ކަމަށާއި މި އުއްމަތަކީ ބައިބައިވުމަށް ފުރުސަތު ދޭ އުއްމަތެއް ނޫން ކަމަށެވެ. އަދި މިއުއްމަދުތުގެ މިސާލަކީ ބިނާއެއްގެ މިސާލު ކަމަށާއި އެއީ އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމް ކުރުމަކީ މާތްﷲގެ ހަޟުރަތުގައި މުސްލިމުންގެ ދަރަޖަ މަތިވެރިވާ ކަމެއް ކަމުގައެވެ.

މީގެ އިތުރުން އިސްލާމް ދީނުގައި އެކަމެއް ކުރުމަށް އަންގަވާފައިވާ ކޮންމެ ކަމެއް ކުރުމުން އެކަމުގެ ލާބައާއި މަންފާ އޮތީ އެމީހެއްގެ އަމިއްލަ ނަފްސަށާއި މުޖުތަމައަށް ކަމަށާއި ގެއްލުމާއި ހަލާކު ވެސް ހުރީ ހަމަ އަމިއްލަ ނަފްސަށާއި މުޖުތަމައަށް ކަަމަށް ހުތުބާގައި ބުނެފައިވެއެވެ.

މިއަދުގެ ހުތުބާގައި ވަނީ ދޮގު ވާހަކަތައް ގަބޫލު ނުކުރުމަށް ވެސް ގޮވާލާފައެވެ.

1 ކޮމެންޓް
ނަންނުގތ
ޖުލައި 28, 2023
މައްސަލައެއް ނޫނޯ، އީވާ ވެސް އަންނި ވެސް ބުނީ ، ދެން ކާކަށް އެގޭނީ.