English Edition
Dhivehi Edition

އިސްލާމްދީން ދޫކޮށް، އެހެން ދީނެއް ހިފައިފި މީހާގެ ކިބައިން ފަރުޟެއް، ސުންނަތެއް އަދި އެއްވެސް އަމަލެއް ގަބޫލު ނުކުރައްވާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

“ދީނަށްޓަކާ ޚިދުމަތް ކުރުން” މިމައުޟޫއަށް ޚާއްސަ ކުރެވުނު ހުތުބާގައި ބުނީ އިސްލާމްދީން އިއްޔެ ބިނާކުރި އުންމަތަކީ އޭގެ ކުރީން ނިކަމެތި ބަލިކަށި ބައެއް ކަމަށެވެ. އެހެންނަމަވެސް ﷲގެ ފަޟުލުވަންވެރިކަމުން އެ އުންމަތް ވީ އެންމެ މާތް އުންމަތް ކަމުގައެވެ.

އެ ދީން ވެގެން ދިޔައީ މަގު ގެއްލިފައިވާ މީހުންނަށް ހުރި މަގުބައްތިއަކަށް ކަމަށްވެސް ޚުޠުބާގައި ބުންޏެވެ. އަދި ﷲއަށް ކިޔަމަންގަތުމުގައި މުސްލިމުންގެ ކިބައިގައި ހުރި ފަރުވާކުޑަކަމާއި، ކުރެވޭ ކުށްތަކަކީ ދީނަށް ޚިދުމަތްކުރުމަށް ހުރި އުޒުރެއް ނޫންކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ދީނަށް ޚިދުމަތް ކުރުމަކީ ވާޖިބެއްކަމުގައެވެ.

މާތް ﷲއަށް ކިޔަމަންގަތުމުގައި، އަހުރެމެންގެ ކިބައިގައި ހުރި ފަރުވާކުޑަކަމާއި، ކުރެވޭ ކުށްތަކަކީ ދީނަށް ޚިދުމަތްކުރުމަށް ހުރި ޢުޛުރެއް ނޫނެވެ. މި ބޮޑު މަސްއޫލިއްޔަތުން ރެކެން އޮތް ބަހަނާއެއް ނޫންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

އަހަރެމެންގެ ވާޖިބަކީ މި ދީނަށް ޚިދުމަތްކުރުން ކަމަށާއި، ކުށާއި ފާފައިގެ ސަބަބުން، ދީނަށް ޢަމަލުކުރުމާއި، ދީން ދެކެވާ ލޯތްބާއި މުސްލިމުންނަށް ވާގިވެރިވުމަށް ބަދަލެއް ނާން ކަމަށް ވިދާޅުވެ ދީނަށް ޚިދުމަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަން ޚުޠުބާގައިވަނީ ހަނދާންކޮށްދީފައެވެ.