English Edition
Dhivehi Edition

މުޖުތަމަޢަށް އަމާންކަން ލިބޭނީ، މުޖުތަމަޢުގެ ކޮންމެ ފަރުދަކު ރަނގަޅު މީހަކަށް ވެގެން ކަމުގައި ހުކުރު ޚުތުބާގައި ބުނެފިއެވެ.

ހުތުބާގައި ބުނީ މުޖުތަމަޢަށް އަމާންކަން ލިބޭނީ، ކޮންމެ މީހެއްގެ ވަށައިގެން ދިރިއުޅޭ މީހުންނަށް، އަމާންކަމާއި ސަލާމަތްކަން ލިބިދޭ މީހަކަށް ވެގެންކަމަށެވެ. އަދި ކޮންމެ މީހަކު ވެސް ޤައުމު ބިނާކުރުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ އޭނާގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމުގައި ވެސް ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން ވަތަން ދެކެ ލޯބިވުމަކީ، އިންސާނީ ނަސްލުގެ ތަބީޢަތުގައިވާ ކަމެއް ކަމަށާއި އިސްލާމްދީނަކީ އިންސާނީ ފިތުރަތާއި، އިންސާނިއްޔަތުގެ ދީން ކަމަށް ވާތީ، އެ ދީން މިކަމާ ދެކޮޅު ނުހަދާކަމަށް ވެސް ބުންޏެވެ.

ހުތުބާގައި ބުނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ ޙިސޯރުކޮށް ރޭގަނޑާއި ދުވާލު އެ ބިމަށް އޮއްސަމުންދާ ބޮންތަކާއި، ސިހްޔޫނީ ސިފައިން ދެމުންގެންދާ ހަމަލާތަކާއެކުވެސް ފަލަސްތީނުގެ ރައްޔިތުން އެ ބިމުން ނުފައިބާ ސަބަބަކީ ބިމާއި ވަތަންދެކެ ހުރި ކުލުނެއްގެ ބޮޑުކަމުންކަމަށް ފާހަގަކޮށް ހުތުބާގައި ބުނީ މިއީ މިއަދު ފެންނަމުންދާ ވަތަންދެކެ ލޯބިވުމުގެ ނަމޫނާ މިސާލެއްކަމަށެވެ.

ކޮންމެ މީހަކު ވެސް ޤައުމު ބިނާކުރުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ އޭނާގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަމަށްވެސް ހުތުބާގައިބުންޏެވެ.

މީގެ އިތުރުން ހުތުބާގައި ވަނީ ސޯލިހު އިންސާނުން ބިނާކުރުމާއި، ކޮންމެ މީހަކުވެސް ގައުމަށް ފައިދާ ހުރި މަސައްކަތެއް ކުރުމަކީ ވެސް ގައުމު ބިނާކުރުމުގެ ތެރޭގައި ގުނޭނެ ކަންތައްކަމަށެވެ.