English Edition
Dhivehi Edition
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ފަލަސްތީނުގެ މުސްލިމުނަސް ނަސްރު ދެއްވުމަށް އެދި ކުރާ ދުއާ ކޮންމެ ހުކުހުތުބާއަކު މެދުކެނޑުމެއްނެތި އަންނަކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ނޫހެއްގައި “ގައްޒާގެ މުޖާހިދުންނަށް ނަސްރު ދެއްވުމަށް އެދި ކުރާ ދުއާ ހުކުރު ހުތުބާއިން އުނިކޮށްފި” ކަމަށް ބުނެ ޝާއިއު ކޮށްފައިވާ ހަބަރަކާއި ގުޅުވައިގެން އިސްލާމިކް މިނިސްޓަރު ވިދާޅުވީ, އެއީ ހަގީގަތާ ހިލާފު ވާހަކައެއްކަމަށެވެ.

އެ ނޫހުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 7، ގައި އިޒްރޭލުގެ ހައްދުފަހަނައެޅި ޔަހޫދީ ސިފައިން ގާޒާއަށް އަރައިގަނެ ހިންގަން ފެށި ގަތުލުއާއްމާ ގުޅިގެން ގާޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށާއި ފަލަސްތީނުގައި ޖިހާދު ކުރަމުންދާ މުޖާހިދުންނަށް ނަސްރު ދެއްވުން އެދި ކުރަމުން އައި ދުއާ ހުކުރު ހުތުބާއިން އުނިކޮށްފައިވާކަމަށެވެ. އަދި އިސްލާމިކް މިނިސްޓަރީގެ ވެބްސައިޓުގެ ހުތުބާ ޕޭޖުން ފެންނަން ހުރި ހުތުބާތަކަށް ބަލާއިރު، ގާޒާގެ މުޖާހިދުންނަށް ނަސްރު ދެއްވުން އެދި ކުރާ ދުއާ އުނިކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެންކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.