English Edition
Dhivehi Edition

އައިރަނާސްގެ ފަރާތުން ‘އައްޑޫ 5ކޭ’ ގެ ނަމުގައި ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ބާއްވާ ދުވުމުން އެއްކުރެވޭ ފައިސާ ޝަރަފުއްދީން ސްކޫލުގެ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހިންގާ ސެން ކްލާސް “އަލް- ނޫރު” އަށް ހަދިޔާ ކުރާގޮތަށް ހަމަޖައްސައިފިއެވެ.

އައިރަނާސްގެ ޗެރިޓީ ދުވުމަކީ މުޖުތަމަޢަށް ފައިދާ ހުރި އެކި ޙަރަކާތްތައް ރާވާ ހިންގާ ޖަމުޢިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބާއްވާ ޗެރިޓީ ދުވުމެއްކަމަށް އެފަރާތުން ބުނެއެވެ.

މިޗެރިޓީ ރަން ކުރިއަށް ދާނީ ދެބަޔަކަށް ބެހިގެންނެވެ. އެއީ ބޮޑެތި މީހުންގެ 5 ކިލޯމީޓަރުގެ ދުވުމާއި، ކުޑަކުދިންގެ 2 ކިލޯމީޓަރުގެ ދުވުމެވެ. ބޮޑެތި މީހުންގެ ދުވުން ފެށޭނީ ހެނދުނު 6:30 އިންނެވެ. އަދި ކުޑަކުދިންގެ ދުވުން އޮންނާނީ ހެނދުނު 8:00 ންނެވެ.

އައިރަނާސްގެ ޗެރިޓީ ދުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ އެފުރުސަތު ހުޅުވާލާފައެވެ. 5 ކިލޯމީޓަރު ދުވުމުގައި ބައިވެރިވުމުގެ އަގަކީ 200 ރުފިޔާއެވެ. އަދި 2 ކިލޯމީޓަރުގެ ދުވުމުގައި ބައިވެރިވުމުގެ އަގަކީ 150 ރުފިޔާއެވެ.

މިދުވުމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކަށް އޮންލައިންކޮށްވެސް ފޯމް ފުރޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

އައި ރަނަރސް އިން ވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ‘އައްޑޫ މެރަތަން’ ގެ ނަމުގައި މެރަތަންއެއް ބާއްވާފައެވެ