English Edition
Dhivehi Edition
ރައީސް ޔާމީންގެ ވަކީލުންގެ ޓީމް

ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމަށް މިއަދު އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމާއި ބައްދަލުކުރުމުގެ ފުރުސަތު ދީފައިނުވަނީ އެބޭފުޅުން ގެންދެވި ލިޔެކިއުންތައް ދައްކަވަން ދެކޮޅު ހެއްދެވުމުން ކަމަށް ކަރެކްޝަނުން ބުނެފިއެވެ.

މިކަމާ ގުޅިގެން ކަރެކްޝަނުން ބުނެފައިވަނީ މިއަދު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމްގެ ވަކީލުން ބައްދަލުވުމަށް ގެނައި ތަކެތި އާންމު އުސޫލުން ބަލާ ފާސްކުރުމަށް އެދުމުން އެކަމަށް ދެކޮޅު ހާއްދަވާފައި ވާތީ, ބައްދަލުވުން ކެންސަލްކުރެވިފައިވާކަމަށެވެ.

ވަކީލުންގެ ބައްދަލުވުން ކެންސަލްވުމާއި އެކު މާލެ 1 ނަންބަރު ޖެޓީގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ޑރ. ޖަމީލް ވަނީ ރައީސް ޔާމީން އާއި ބައްދަލުކުރުމަށް މާފުށީ ޖަލަށް ވަޑައިގަތުމުން އެކަމަށް ޖަލު އޮފިސަރުން ހުރަސްއަޅާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެބޭފުޅުންގެ ޝައުޤުވެރިކަން ހުރީ ވަކީލުން ގެންދިޔަ ދުސްތޫރީ މައްސަލައިގެ ލިޔެ ކިޔުންތައް ބެލުމަށް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

” ވަކީލުންގެ ބައްދަލުވުން ނުލިބުނު. ނޫނޭ ވާ ވަރަކަށް ބިރު ގަނެއްޖެ. ފައިލްތައް ބަލާ ހާވަން ޖަލު އޮފިސަރުންނަށް އޮތީ އަންގާފަ. ދުސްތޫރީ މައްސަލާގެ ލިއެކުންތައް ބަލަން ފޯރިނަގާފަ ތިބީ. އަމާން ކަމެއް އެބަ އޮތްބާ؟ ޑޮކްޓަރ ޖަމީލުގެ ޓުވީޓެއް

ރައީސް ޔާމީނުގެ ފަރާތްޕުޅުން އެމަނިކުފާނުގެ އިންތިޚާބީ ޙައްޤުތައް ކަށަވަރުކުރުމަށް ދުސްތޫރީ މައްސަލައެއް އިއްޔެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވަނީ ހުށަހަޅާފައެވެ.

އެ މައްސަލާގައި އެދިފައިވަނީ، ރައީސް ޔާމީނުގެ ދުސްތޫރީ މައްސަލަ އަވަސްކޮށްދީ އެ މައްސަލައިގެ ސަބަބުން ހިފަހެއްޓިފައިވާ ރައީސް ޔާމީނުގެ ދުސްތޫރީ ޙައްޤުތައް އިއާދަކޮށްދިނުމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުޙުކުމްގެ އިސްތިޢުނާފް ހައިކޯޓުގައި ކުރިއަށް ދާއިރު އެމައްސަލަ މިވަގުތު އޮތީ މަޑުޖެހިފައެވެ. ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުންގެ ނަން ހުށައެޅުމަށް ހުޅުވާލާފައިވާއިރު ރައީސް ޔާމީންގެ ޖަލު ޙުކުމް ބާޠިލް ނުކުރެވިއްޖެނަމަ އެމަނިކުފާނަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެއެވެ.