English Edition
Dhivehi Edition
Hithadhoo bin hikkun photo: Ezz Naj(social media)

އައްޑޫސިޓީ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން، ހިތަދޫ ފަޅުތެރޭން ބިންހިއްކާ ސަރަހައްދަށް ހުއްދަ ނުހޯދާ ވަނުން މަނާކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ ސަރަހައްދަށް ހުއްދަ ހޯދުމަކާއި ނުލާ އަދި ރައްކާތެރި ފިޔަވަޅެއް ނެތި ގިނަ ޢަދަދެއްގެ ރައްޔިތުން ވަދެ މަސްބާނަން ތިބުމާއި ފޮޓޯ ނެގުން ފަދަ ކަންކަމުގައި އުޅޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ،

ބިން ހިއްކުމުގެ މަސައްކަތަކީ ބޮޑެތި އެއްގަމު އުޅަނދުތަކާއި ބަރު އާލާތްތަށް ބޭނުންކޮށްގެން ކުރަމުންދާ މަސައްކަތެއް ކަން ފާހަގަކޮށް ސިޓީ ކައުންސިލުން ބުނީ މި ސަރަޙައްދަށް އާންމުކޮށްވަދެ އުޅުމަކީ ނުރައްކާތެރި ކަމެއް ހިގައި ހިތާމަވެރި ހާދިސާއެއް މެދުވެރި ވެދާނެ ކަމެއް ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން، ހިތަދޫ ބިން ހިއްކާ ސަރަހައްދަށް ހުއްދަނެތި ވަދެއުޅުމަކީ މަނާކަމެއްކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރަން ހަމަޖެހިފައިވާއިރު، ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކަން ވަނީ ހަމަޖެހިފައެވެ.