English Edition
Dhivehi Edition
އައްޑޫ ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ގެނައި އެޗްސީ މެލީނާ/ފޮޓޯ: ހިތަދޫ ޕޯޓް

ނެދަލޭންޑްސްގެ އޫޑް ޑްރެޖިންއާ ހަވާލުކޮށްގެން އައްޑޫ ސިޓީގެ ބިން ހިއްކުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ބިން ހިއްކުމަށް ބޭނުންވާ ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.

މި މަޝްރޫއުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ.ޕްލޭނިން މިނިސްޓްރީން ބުނީ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތައް ފަހު ދެން ކުރިިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހިއްކި ސަރަހައްދާ އައްޑޫގެ ރަށްތަކާ ގުޅުވާލުމަށް ކުރަންޖެހޭ މަސައްކަތް ކަމަށެވެ/

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައި ވެއެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫގައި ހިންގާ މި މަޝްރޫއުގެ ސަބަބުން ކުރިއަށް އޮތް50 އަހަރަށް އެ އަތޮޅުގެ ބިމުގެ ދަތިކަން ހައްލުކޮށް، މުޅި އަތޮޅުގެ އިގްތިސާދު ކުރިއަރައިގެން ދާނެ ކަމަށެވެ.

އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މި މަޝްރޫއާ ގުޅިގެން ސަރުކާރުން ބުނީ އައްޑޫ ސިޓީ ބިންހިއްކުމުގެ މަޝްރޫއައެކު ފަތުރުވެރިކަމާއި އިޤްތިޞާދީ ބިޔަ ހަރަކާތްތަކަށް މުޅި އައްޑޫ ސިޓީ މިހާރަށްވުރެ ބޮޑަށް ހުޅުވާލެދެވޭނެކަމަށެވެ.