English Edition
Dhivehi Edition
އަލްމަރުޙޫމް ކޮޕީ މުޙައްމަދު ރަޝީދުގެ ތައުބީނުގެ ޖަލްސާގެ ތެރެއިން ފޮޓޯ: ދިވެހި ބަހުގެ އެކަޑަމީ

މި އަހަރުގެ ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ދިވެހިބަހުގެ އެކެޑަމީން ހުރިހާ މީޑިއާތަކަށް ގޮވާލައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީން މީޑިއާތަކަށް ފޮނުވި ސިޓީއެއްގައި ވަނީ ދިވެހިބަހަކީ ގައުމިއްޔަތުގެ އެންމެ މުހިއްމު އެއް އަސާސުކަމަށެވެ. ދިވެހިބަހަށް އިސްކަންދީ އަންނަން އޮތް ޖީލުތަކަށް ދިވެހިބަސް ހެޔޮގޮތުގައި ފޯރުކޮށްދިނުމަކީ ދިވެހިންގެ އަމިއްލަވަންތަކަމުގެ މައި ރުކުން ކަމަށް އެ ސިޓީގައިވަނީ ބުނެފައެވެ.

މީޑިއާތަކަކީ ދިވެހިބަސް ހެޔޮގޮތުގައި އާއްމުންނާ ހަމައަށް ފޯރުކޮށްދިނުމުގައި މުހިއްމު އަދި އިސް ދައުރެއް އަދާކުރަމުންގެންދާ ބައެއްކަން ފާހަގަކޮށް އެކަޑަމީން ވަނީ މި އަހަރުގެ ދިވެހިބަހުގެ ދުވަހު މީޑިއާތަކުން އުފައްދާ ޕްރޮގްރާމްތަކުގައި ދުވަހާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށް އެދިފައެވެ. މީޑިއަތަކުން ޕްރޮގްރާމްތައް ގެެނެސްދިނުމަށް އެކަޑަމީން އެހީތެރިވެދޭނެކަން ފާހަގަކޮށް އެކަޑަމީން ބުނީ މީޑިއާތަކުން އެދިއްޖެނަމަ، ދުވަހާ ގުޅޭގޮތުން މައުލޫމާތުތައް ގެނެސްދިނުމަށްޓަކައި ތަފާތު ބޭފުޅުން މެހެމާނުންގެ ގޮތުގައި ސްޓޭޝަންތަކަށް ވަޑައިގެން މައުލޫމާތު ދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެކަމަށެވެ.

މި އަަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިއާރަކީ “ދިވެހިބަހަށް ލޯތްބާއި އިސްކަން ދެމާ”އެވެ.