English Edition
Dhivehi Edition

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ 13 ދާއިރާއެއްގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

އެ ޕާޓީ އިން ބުނީ އެ މަގާމުތަކުގެ ތެރޭގައި އެ ދާއިރާތަކުގެ ރައީސް އާއި ނައިބު ރައީސްގެ މަގާމު ހިމެނޭ ކަމަށެވެ.

އެ މަގާމުތަކަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހާއި ހަމައަށް އެކަމަށް އެދި ފޯމް ހުށަހެޅޭނެ ކަމަށް އެ ޕާޓީ އިން ބުނެއެވެ.

އެމްއެންޕީ އިން ބުނީ މަގާމު ހުސްވެފައިވާ ދާއިރާތަކުގެ ތެރެއިން ރައީސުން ބޭނުންވާ ދާއިރާތަކަކީ ހިތަދޫ ދެކުނު ދާއިރާ އާއި ފުވައްމުލަކު މެދުދާއިރާ އާއި މަހިބަދޫ ދާއިރާ އާއި ކަނޑިތީމު ދާއިރާ އާއި ހޮޅުދޫ ދާއިރާ އާއި ކެނދިކުޅުދޫ ދާއިރާ އާއި ދުވާފަރު ދާއިރާ، އަދި ކެލާ ދާއިރާ ކަމަށެވެ.

ނައިބު ރައީސުންގެ މަގާމު ހުސްވެފައިވާ ދާއިރާތަކަކީ ދާންދޫ، ފަރެސް މާތޮޑާ، މަނަދޫ، އަދި މަރަދޫ ދާއިރާއެވެ. މީގެ އިތުރުން ޔޫތުވިންގ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ވެސް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.

މި ދާއިރާތަކުގެ ބައި އިލެކްޝަނަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން އެ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އައިޑީ ކާޑް ކޮޕީ އަދި ވަނަވަރާއެކު މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެ ޕާޓީގެ އޮފީސް މއ. ކެލާވީ ފަސްޓް ފްލޯއަށް ފޯމް ހުށަހެޅުމަށް ވަނީ އެދިފައެވެ. ނުވަތަ އެ ޕާޓީގެ މެއިލް އަށް މެއިލް މެދުވެރިކޮށް ވެސް މި ދާއިރާތަކުގެ މަގާމުތަކަށް ފޯމު ހުށަހެޅޭނެ ކަމަށް ވެސް ބުނެއެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާނަމަ އެމްއެންޕީ އޮފީހުގެ ނަންބަރު 9708080 ނުވަތަ 9301177 އާ ގުޅައިގެން މައުލޫމާތު ސާފު ކުރުމަށް އެމްއެންޕީ އިން އެދެއެވެ.