English Edition
Dhivehi Edition

މޯލްޑިވްސް ނެޝަނަލް ޕާޓީ އެމްއެންޕީގެ ސަރުކާރެއްގައި ހުރިހާ ކަމެއްގައި ގެންގުޅޭނެ އެންމެ އިސް ފަލްސަފާއަކީ “ހަމަހަމަކަން” ކަމަށް އެ ޕާޓީގެ ރައީސް އަދި ރިޔާސީ ކެނޑިޑޭޓް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ހދ. ކުޅުދުއްފުށި ސިޓީގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި ކެމްޕެއިން ރަސްމީކޮށް ފައްޓަވާދެއްވާ ނާޒިމް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ހަމަހަމަކަން ގާއިމް ކުރުމުގެ ފަލްސަފާގެ ތެރެއިން، ހުރިހާ ރައްޔިތުންނަށް ބޭސް ފަރުވާގެ ކަންކަން އެއް ހަމައެއްގައި ގެންގުޅޭނެ ކަަމަށެވެ.

ވިސްނުން ބަދަލު ކުރަން ޖެހޭ ކަން ފާހަގަކުރަައްވަމުން ނާޒިމް ވިދާޅުވީ ހުރިހާ އެންމެންނަށް މެޑިކަލް އިންސުރެންސް ޕޮލިސީއެއް އޮންނަން ޖެހޭ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. އަދި މި ރާއްޖެއަކީ ކުދިކުދި ރަށްތަކެއްގެ މައްޗަށް އާބާދުވެފައިވާ ދުނިޔޭގެ ނިސްބަތުން މީސްކޮޅު މަދު ގައުމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ކާބަފައިން މި ގައުމު މިހިސާބަށް ގެނެސްފައި ވަނީ ގަދަ ކަނޑުތަކުގައި މަސްވެރިކަން ކޮށްގެން ކަަމަށާއި އެކަކު އަނެކަކަށް ތަފާތު ކުރުމަކީ އޭނާ ގަބޫލު ކުރައްވާ ކަމެއް ނޫން ކަަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ރިޔާސަތުގައި ޑިފެންސް މިނިސްޓަރުކަން ކުރައްވާފައިވާ އަދި ދަނގެތީ ދާއިރާގެ މެމްބަރުކަން މިހާރު ކުރައްވަމުން ގެންދަވާ ނާޒިމް ވިދާޅުވީ އޭގެ ތެރޭގައި ބޭސްފަރުވާގެ ކަންކަމާއި، ތައުލީމީ ކަންކަމާއި އަދި ގެދޮރުވެރިކަން ފަދަ ކަންކަން ފާހަގަކުރެއްވިއެވެ. އެގޮތުން އޭނާގެ ސަރުކާރެއްގައި “ހަމަހަމަ ކަމަކީ” ހުރިހާ ކަމެއްގައި ގެންގުޅޭނެ އެންމެ އިސް ފަލްސަފާ ކަމަށެވެ.

އެމްއެންޕީ “އުޖާލާ ޒަމާން” ޖަލްސާގައި ވާހަކަދައްވަމުން ނާޒިމް ވިދާޅުވީ ދިވެހިންގެ ރައްޔިތުންގެ މެދުގައި ތަފާތުކޮށްގެންނެއް ނުވާނެ ކަމަށާއި ފަންތީގެ އެކިއެކި ރައްޔިތުން އުފެދޭ ގޮތަށް ކަންކަން ހަމަޖައްސައިގެން ނުވާނެ ކަމަށެވެ.