English Edition
Dhivehi Edition

ފުވައްމުލައް ސިޓީ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހި އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.

އެ ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދިޔައީ އެ ކުންފުނިންނެވެ.

2019 ވަނަ އަހަރު ފެށި ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ ދަށުން މިހާރު ވެސް އެކުންފުނިން 34 މަގެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކަކީ، 12.17 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި، މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކުރުމާއި، މަގުތަކުގައި މަގު ބައްތި ޖެހުމެވެ.

730 ދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ މި ޕްރޮޖެކްޓަކީ 255،211.824.60 (ދުއިސައްތަ ފަންސާސް ފަސްމިލިއަން ދެލައްކަ އެގާރަހާސް އަށްސަތޭކަ ސައުވީސް ރުފިޔާ ފަސްދޮޅަސް ލާރި) ދިވެހި ރުފިޔާގެ ޕްރޮޖެކްޓެކެވެ.