English Edition
Dhivehi Edition

ފުވައްމުލައް ސިޓީ ގޮނޑުދޮށް ހިމާޔަތްކުރުމަށް ފަރެސްމާތޮޑާ ސަރަހައްދުން ވެލި ނަގާތީ އެކަން ހުއްޓުވައިދިނުމަށް ފަރެސްމާތޮޑާއިން އެދިއްޖެއެވެ.

ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް ވެލި ނަގަމުންއަންނަނީ ފަރެެސްމާތޮޑާ އާއި ގުޅިފައިވާ ހިސާބަކުންނެވެ. އެކަން ކުށްވެރިކޮށް އެރަށު ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ވެލި ނަގަނީ އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ހުއްދަ ވެސް ނެތި ކަމަށެވެ.

ކައުންސިލްގެ ބަޔާނުގައި ބުނިގޮތުން ރަށުގައި ހިންގާ ބައެއް މަޝްރޫތައް ވެސް ވެލި ލިބުމުގެ ދައްޗާ ހެދި އެންމެ އެކަށީގެންވާގޮތަށް ކުރިއަށް ނުގެންދެވެއެވެ. އެގޮތުން ފަރެސްމާތޮޑާގައި ހަދަން އުޅޭ ފުޓުބޯޅަ ދަނޑަކަށް ބޭނުންވާ ވެލި ވެސް އެރަށާ ގުޅިފައިވާ ސަރަހައްދުން ވެލި ނުލިބިގެން ކުރިއަށް ނުގެންދެވޭ ކަމާއި، އެރަށުގެ ދެކުނު ފަރާތް ހިއްކުމަށް ބޭނުންވާ ވެލި ވެސް ނަގަން ހަމަޖެހިފައި ވަނީ އެތެރެވަރީގެ ދެ ތިލައަކުން ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

ރަށުގެ ބޭނުމަށް އެ ސަރަހައްދުތަކުން ވެލި ނުނެގޭ އިރު، އީޕީއޭގެ ހުއްދަވެސް ނެތި ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމަށް ފަރެސްމާތޮޑާއާ ގުޅިފައިވާ ސަރަހައްދުން ކޮނެގެން 45،000 ކޮޑިމީޓަރުގެ ވެލި، ޏ.ފުވައްމުލަކަށް ގެންދާ ގެންދއުމަކިީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރައްވާ ކަމެއް އެ ބަޔާނުގައިވެއެވެ. އެހެންވެ ހާރުން މިހާރަށް އެކަންހުއްޓުވުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާފައިވެއެވެ.