English Edition
Dhivehi Edition

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި އައްޑޫ ސިޓީ ކައުންސިލް އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ގުޅިގެން، އައްޑޫ ސިޓީގެ އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ދެނެގަތުމުގެ ގޮތުން ހެދޭ ސަރވޭއަށް މަޢުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެ އެނިއުމެރޭޓަރުން ހޯދަމަށް އިއުލާންކޮށްފިއެވެ.

އެނިއުމޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ނަން ނޯޓް ކުރުމުގެ ފުރުސަތު މި މަހުގެ 29 ވާ ބުދަ ދުވަހު މެންދުރު 12:00 ޖެހުމާއި ހަމައަށްވަނީ ހުޅުވަލަފައެވެ. 02 ޑިސެންބަރު 2017 އިން 04 ޑިސެންބަރު 2017ގެ ނިޔަލަށް ކުރިއަށްދާ މި ސޭވޭގައި އުމުރުން 18 އަހަރުން މަތީގެ ޖީ.ސީ.އީ.އޯ ލެވެލް ފެންވަރު ހުރި ކޮންމެ ފަރާތަކަށްވަނީ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެނިއުމަރޭޓަރުންގެ ގޮތުގައި ހޮވޭ މީހުންނަށް މަސައްކަތާގުޅޭ ތަމްރީނު ދިނުމަށް ހަމަޖެހިފައިވާއިރު ހުޅުދޫ މީދޫ އިން މި ތަމްރީނުގައި ބައިވެރިވާ ފަރާތްތަކަށް ދަތުރު ހަމަޖެހިފައިވާކަމަށް އެޗް.އާރް.ސީ.އެމް ސަދަން ރީޖަނަލް އޮފީހުންވަނީ ބުނެފައެވެ. އަދި ތަމްރީނު ފުރިހަމަކޮށް ސަރވޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެލަވަންސެއް ދޭގޮތަށްވަނީ ހަމަޖެހިފައެވެ. މި ސާރވޭގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެޗް.އާރް.ސީ.އެމް ސަދަން ރީޖަނަލް އޮފީހުގެ ނަންބަރު: 6880886 އަށް ނުވަތަ އައްޑޫ ސިޓީގެ އަވަށު އޮފީސްތަކަށް ގުޅުއްވައި ނަން ނޯޓް ކުރުމަށް ސިޓީ ކައުންސިލުންވަނީ އެދިފައެވެ