English Edition
Dhivehi Edition
އިސްލާމިކް މިނިސްޓަރ ރާއްޖޭގެ ހައްޖުވެރިންނާ ބައްދަލު ކުރައްވަނީ - ފޮޓޯ: ދިވެހި ހައްޖު މިޝަން

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެހި ދެ ހައްޖުވެރިއަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިކަން ހާމަކުރީ ޕީއެސްއެމުން ގެނެސްދިން ހައްޖު ދުވަހުގެ ހާއްސަ ކަވަރޭޖުގައެވެ.

ސައުދީ އަރަބިއްޔާގައި މިވަގުތު ހުންނެވި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނީލް ވިދާޅުވީ، ހާލު ދެރަވީ އުމުރުން ދުވަސްވީ ދެ ހައްޖާޖީއެއް ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

އޭނާ ވިދާޅުވީ އެ ދެ ހައްޖާޖީން ފިޔަވާ އެހެން ހުރިހާ ދިވެހިންގެ ހާލު ރަނގަޅު ކަމަށެވެ. އަދި އެ ދެ ހައްޖާޖީން ފިޔަވައި ހުރިހާ ހައްޖާޖީން އަރަފާތު ބިމަށް ދިޔަ ކަމަށެވެ.

އިސްލާމިކް މިނިސްޓަރ ރާއްޖޭގެ ހައްޖުވެރިންނާ ބައްދަލު ކުރައްވަނީ – ފޮޓޯ: ދިވެހި ހައްޖު މިޝަން

މުޅި ދުނިޔެއަށް ކުރިމަތިވި، ކޮވިޑުގެ ބަލިމަޑުކަމާއި ހުރެ، ސައުދީން އަޅާފައިވާ ފިޔަވަޅުތައް އުވާލައި އާންމުކޮށް ހުޅުވާލުމުން، މިފަހަރު ރާއްޖޭން ހައްޖަށް ދިޔައީ 1،000 މީހުންނެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއަށް ލިބުނު 1000 މީހުންގެ ކޯޓާގެ ދަށުން ޙައްޖު ކޯރޕަރޭޝަނާއި، އަމިއްލަ 3 ގްރޫޕެއްގެ ޙަވާލުގައި މިއަހަރު ދިވެހި ޙައްޖުވެރިން ވަނީ ގޮސްފައެވެ.