English Edition
Dhivehi Edition
ފޮޓޯ:މިހާރު

ހުކުރު މިސްކިތާއި އަލި ރަސްގެފާނު ޒިޔާރަތާއި ބިހުރޯޒް ކަމަނާ މިސްކިތް އަދި ކަޅުވަކަރު މިސްކިތަކީ ސަގާފަތާއި ތާރީހު ކަމަށާއި މި ވާހަކަތައް ހަމަ އެކަނި ސޯޝަލް މީޑިއާގައި ދައްކަން ތިބެގެން ވާން ނެތްކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން ވިދާޅުވެއްޖެއެވެ

ހުކުރު މިސްކިތް ހިމެނޭ ސަރަހައްދުން ބައެއް، ބަގީޗާއެއްގެ ގޮތުގައި ތަރައްގީކޮށް އެތަނުގައި ކެފެޓޭރިއާއެއް ހަދަން ހައުސިން މިނިސްޓްރީން ނިންމުމާ ގުޅިގެން ރޭ އަލީ ހުސެންކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މާލޭގައި މުޅިން ސުންނާފަތި ކޮށްނުލެވި އޮށް ސަރަހައްދަކީ ހުކުރު މިސްކިތާއި އެ މިސްކިތުގެ ވަށައިގެން ބާކީ މިހާރު އޮށް ސަރަހައްދުކަމަށެވެ. އަދި މިތަން ނެތިކޮށްލުމާއި ހެންވޭރު އުތުރު ރައްޔަތުން ދެކޮޅުކަމުގައި ވިދަޅުވެ އަލީ ހުސެއިންވަނީ އެ މަސައްކަތް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ

މިކަމާއި ގުޅިގެން ރޭ މައުމޫނު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މާލޭ ހުކުރު މިސްކިތް ހިމެނޭ ސަރަހައްދުގައި ކެފޭއެއް އެޅުމަކީ ދީނީ ގޮތުންނާއި ތާރީހީ ގޮތުން ބެލިކަމުގައިވިޔަސް ހެޔޮވާނެ ކަމެއް ނޫންކަމަށެވެ. އަދި އެފަދަ ސަރަހައްދުތަކަކީ އަގުހުރި ދީނީ އަދި އާސާރީ ތަރިކަތަކެއް ކަމަށާއި އެހެންކަމުން އެފަދަ ތަންތަން ސަލާމަތް ކުރުމަކީ ގައުމީ ވާޖިބެއް ކަމުގައެވެ