English Edition
Dhivehi Edition

ޢައިރު ގާނޫނީ އަމުރުތަކަށް ތަބާވެ، ރައްޔިތުންނަށް އަނިޔާކުރަން ދަސްވެފައި ތިބި ބަޔަކާއިއެކު އިސްލާހު ނުގެނެވޭނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ޢައިރު ޤާނޫނީ އަމުރުތަކަށް ތަބާވާ، ރައްޔަތުންނަށް އަނިޔާކުރަން ދަސްވެފައި ތިބި ބަޔަކާ،އެކު އިސްލާހެއް ނުގެނެވޭނެ ކަމަށެވެ. “ވިދާޅުވީމަ ވިދާޅުވި ގޮތަކަށް ދައުވާ ކޮށްކޮށް ތިބި ބަޔަކާއި، ނީލަމުގެ އުސޫލުން ނުވަތަ ގައްނާކުރައްވާ ބިރުން ތައްގަނޑު ޖަހާ ސޮއިކުރަން އާދަވެފައި ތިބި ބަޔަކާއި އެކު އިސްލާހެއް ނުކުރެވޭނެ” އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން މިހެން ވިދާޅުވެފައިވަނީ ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ކޯޓުން ދޫކޮށްލާ މައްސަަލަ އާއި ކުށްކުރާ މީހުންނަށް އަދަބު ނުލިބި މުޖްތަމައުއަށް ދޫވެފައިވާ މި ދަނޑިވަޅު އެކަމާއި ރައްޔަތުން ފާޑުކިޔަމުން ދަނިކޮށެވެ. އަލީ ހުސެއިންގެ ވާހަކަ ސީދާ ވަކި މީހަކަށް އަމާޒުކޮށްފައިނުވި ނަމަވެސް އެ ޓުވިޓާގައި ފާހަނގަކޮށްފައިވަނީ މުޅި ސިސްޓަމުގައި ހުރި މައްސަލަތަކުގެ ސަބަބުން އިސްލާހު ނުގެނެވޭނެ ވާހަކައެވެ.

އަލީ ހުސެއިން މިހެން ވިދާޅުވެފައިވާއިރު މީގެ ކުރިން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ އަލީ ހުސެއިން އަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ. މި ގޮތުން އަލީ ވަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާ ތަމްސީލް ކުރަން މަޖިލީހުގައި ތިއްބަވަންވީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ފަދަ ގައުމު އިސްކުރައްވާ މެމްބަރުންކަމަށެވެ. މިއީ އަލީ ހުސެއިން އެ ދާއިރާގެ ގޮނޑިއަށް އިންތިހާބުވެ ވަޑައިގަތް ދެވަނަ ދައުރެވެ.