English Edition
Dhivehi Edition
މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މީގެ ކުރިން ސްޓެލްކޯ މުވައްޒަފުން ކުރަނީ-- ފޮޓޯ: ސްޓެލްކޯ
ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިވާކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ ކުރައްވާފައިވާ އެކްސް ޕޯސްޓްގައި ވިދާޅުވީ މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަމުންދަނީ ދިވެހިބަހާއި ތަރިކައާ ބެހޭ ވުޒާރާ އާއި ގުޅިގެން ކަމަށެވެ.

އާބާތުރަ ފިލުވުމުގެ މަސައްކަތް ލަސްތަކެއްނުވެ ނިންމާލެވޭނެކަމަށާއި އެ މަސައްކަތަކީ ވަރަށް ފަރުވާތެރިކަމާއެކު ކުރަން ޖެހޭ ކަމެއް ކަމަށް ފަހްމީ ވިދާޅުވިއެވެ.

ހުކުރު މިސްކިތާއި އެ މިސްކިތުގެ މުންނާރަކީ އެތަނުގެ ރީތިކަން ބަލާލުމަށްޓަކައި ފަތުރުވެރިން ގިނަޢަދަދަކަށް ޒިޔާރަތް ކުރަމުން ދާ ތަނެކެވެ

މާލޭ ހުކުރު މިސްކިތުގެ މުންނާރަކީ 300 އަހަރު ވީ ބިނާއެކެވެ. މުންނާރު ބިނާކޮށް ނިމުނީ ހިޖުރައިން 1085 ވަނަ އަހަރު އެވެ. މުންނާރު ބިނާކުރެއްވީ އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި އެއިރު އަރަބިކަރައިގެ މުންނާރުތައް ހުންނަގޮތަށް ކަމަށްވެ އެވެ.