ހުކުރު މިސްކިތް ހިމެނޭ ސަރަހައްދުން ބައެއް، ބަގީޗާއެއްގެ ގޮތުގައި ތަރައްގީކޮށް އެތަނުގައި ކެފެޓޭރިއާއެއް ހަދަން ހައުސިން މިނިސްޓްރީން ނިންމުމާ ގުޅިގެން ރައީސް މައުމޫނު އަބްދުލް ގައްޔޫމު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ
މިކަމާއި ގުޅިގެން ރޭ މައުމޫނު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މާލޭ ހުކުރު މިސްކިތް ހިމެނޭ ސަރަހައްދުގައި ކެފޭއެއް އެޅުމަކީ ދީނީ ގޮތުންނާއި ތާރީހީ ގޮތުން ބެލިކަމުގައިވިޔަސް ހެޔޮވާނެ ކަމެއް ނޫންކަމަށެވެ. އަދި އެފަދަ ސަރަހައްދުތަކަކީ އަގުހުރި ދީނީ އަދި އާސާރީ ތަރިކަތަކެއް ކަމަށާއި އެހެންކަމުން އެފަދަ ތަންތަން ސަލާމަތް ކުރުމަކީ ގައުމީ ވާޖިބެއް ކަމުގައެވެ
މައުމޫނު މިހެން ވިދާޅުވެފައިވާއިރު އިއްޔެ ހައުސިން މިނިސްޓްރީން ބުނެފައިވަނީ މާލޭ ހުކުރު މިސްކިތް ހިމެނޭ ސަރަހައްދު ތަރައްގީކުރާނީ އެ ސަރަހައްދުގައި ހުރި އާސާރީ އެއްވެސް އެއްޗަކަށް ގެއްލުން ނުލިބޭނެ ގޮތަށް ކަމުގައެވެ