English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް މީޑިއާ

އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން އެ ރަށުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ މި ޖޫން މަހުގެ 23 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި، ހިތަދޫ ވަލުތެރެ ބަލައިފާސްކުރިއިރު ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަަމަށެވެ. އަދި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 5 ލީޓަރުގެ ހަތަރު ފުޅި ފެނިފައިވާކަމަށެވެ.

އެހެންނަމަވެސް މި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި އޮޕަރޭޝަނަކީ ކުރިއަށް މިއޮތް އީދު ބަންދަކީ ރައްޔިތުންނަށް ރައްކާތެރިކަމާއެކު ހޭދަކުރެވޭނެ އީދަކަށް ހެދުމަށް ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

ޓެގު