English Edition
Dhivehi Edition

ހިޒްބުﷲ ޖަމާއަތުން މެދު އިރުމަތީގައި ހިނގަމުންދާ ކަންކަމުގެ ތެރެއަށް އަތް ނުބޭނުމަށް ލުބްނާނުގެ ބޮޑުވަޒީރު ސާދު ހަރީރީ އެ ޖަމައާތަށް އިންޒާރު ދެއްވައިފިއެވެ.

އެނާ މިހެން ވިދާޅުވެފައިވަނީ ލުބްނާނުގެ ހަޔާ އިސްލާމިކް ކައުންސިލްގައި ގައި ހޮނިހިރު ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ. އެނާ ވިދާޅުވި ގޮތުގައި ލުބްނާނު ވަނީ ސަރަހައްދުގައި ހިނގާ ހަމަނުޖެހުންތަކުގެ ތެރެއަށް ބާނާފައެވެ.

“އަަޅުގަނޑު އިސްތިއުފާ ދިނުން ފަސް ކުރެއްވީ، ރައީސް މިޝެލް އައޫންގެ އެދި ލެއްވުމުގެ މަތިން ސަރަހައްދީ ހަމަނުޖެހުންތަކުން ލުބްނާނު ދުރު ކުރެވޭނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށާއި އަދި އެގޮތަށް އަމަލު ކުރުމުގެ އިތުރުން ‘ތާއިފް އެގްރިމެންޓަށް’ އަށް މަސައްކަތް ކުރުމަށް” ހަރީރީ ވިދާޅުވިއެވެ.

ހަރީރީ ވިދާޅުވި ގޮތުގައި ލުބްނާނުން ހިޒްބުﷲ ޖަމާއަތުން ސަރަހައްދީ މަސްރަހުގައި ނިންމާ ގޮތްތަކަށް ބޯނުލަނބާނެ ކަމަށާއި އަދި ސަރަހައްދުގައި ހަމަނުޖެހުން އުފެދޭ ގޮތަށް އެޖަމާއަތުން ނިންމާ ނިންމުންތަށް ގަބޫލު ނުކުރައްވާނެ ކަމަށެވެ.

ލުބްނާނުގެ ބޮޑު ވަޒީރު ސާދު ހަރީރީ އިސްތިއުފާ ދެއްވާ ކަން އިއުލާން ކުރައްވާފައި ވަނީ މި މަހުގެ 4 ވަނަ ދުވަހު ސައުދީ އަރަބިއްޔާގެ ރިޔާދުގައި ހުންނަވާ އިސްތިއުފާ ދެއްވަވާފައެވެ. މީގެ ސަބަބުން ލުބްނާނަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ.

ނަމަވެސް އޭގެ ދެހަފްތާ ފަހުން ފަރަންސޭސި ވިލާތުން ފުރުއްވާ މިސްރު މަގުން ވަނީ ލުބްނާނަށް އަނބުރާ ވަޑައިގެންފައެވެ. އެންބުރި ގައުމަށް ވަޑައިގެން ވިދާޅުވެފައިވަނީ ލުބްނާނުގެ ރައީސްގެ އެދި ލެއްވުމަށް ވަގުތީ ގޮތުން ބޮޑުވަޒީރުގެ މަޤާމުގައި އަދި ދެމި ހުންނަވާނެ ކަމަށެވެ.