އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި އެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ވެސް އެސްޓީއޯ އިން ވަނީ އެ ކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފައެވެ
މިދިޔަ މަހުގެ ދެވަނަ ދުވަހު ޕެޓްރޯލް ލިޓަރަކުން 57 ލާރި އަދި ޑީސަލް ލިޓަރަކުން 53 ލާރި ބޮޑުކޮށްފައިވާއިރު މިއަދުން ފެށިގެން ޕެޓްރޯލް ލީޑަރަކުން 35 ލާރި އަދި ޑީސަލް ލީޓަރަކުން 44 ލާރި ވަނީ ބޮޑުކޮށްފައެވެ.މިއަދު އެސްޓިއޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑު ކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާ ގުޅިގެން ކަމަށެވެ. އެހެން ކަމުން މިއަދުން ފެށިގެން ޑީސަލް ލިޓަރެއް 9.61ރ. އަށް ލިބޭ އިރު ޕެޓްރޯލް ލިޓަރެއް ލިބޭނީ 9.87 ރުފިޔާއަށެވެ
އެސްޓީއޯއިން ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ޕެޓްރޯލާއި ޑީސެލްގެ އަގު ހެޔޮކޮށްފަ އެވެ.އެ ފަހަރު ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮ ކޮށްފައިވަނީ އެއިން ނަގަމުން އައި ޑިއުޓީ 10 ޕަސެންޓުން 5 ޕަސެންޓަށް ކުޑަ ކުރަން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ރައްޔިތުން މަޖިލީހުން ގެނައި އިސްލާހާ ގުޅިގެންނެވެ