މިއަދު ފެންނަނީ ބޮޑު ފިޔާ ބަސްތާ އެއްގެ ދަށުގައި ތާށިވެފައި ވާތަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ކެމްޕެއިން ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ ކާޑު ލިބުމަށް ދަތިވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވިދާޅުވެފައިވާ ވިދާޅުވުމަށް އިޝާރާތް ކުރައްވާ އަލީ ވިދާޅުވީ ދިވެހިންނަކީ ‘ބޮޑު ފިޔާ ޕޮލިޓިކްސް’ ތެރޭގައި ތާށިވެފައި އޮންނަން ޖެހޭފަދަ ނިކަމެތި ބައެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ އިސްލާމްދީނުގެ ނިއުމަތާއެކު އިތުރު ބޮޑު ނިއުމަތެއް ރާއްޖެއަށް ލިބިފައިވާ ކަމަށާއި އެއީ ހުސްނުވާ ރީތިކަން ކަމަށާއި ކާބަފައިން މި ގައުމު މިނިވަން ކަމާއެކު ދެމެހެއްޓީ ބޭރު ދުނިޔެއަށް ސަލާން ޖަހާގެން ނޫން ކަމަށެވެ. އަދި މި ގައުމުގެ މިނިވަންކަން ދެމެހެއްޓީ މި ގައުމަށް ލިބުނު އެއްޗެއް ބޭރު ދުނިޔެއަށް ވިއްކައިގެން ކަމަށެވެ.
އެގޮތުން ކަނޑުމަހާއި ކުފުރާ އާއި ރޯނު، ބޭރު ގައުމުތަކަށް ގެންގޮސްގެން މިގައުމުގެ މިނިވަންކަން ދެމެހެއްޓި ނަމަވެސް މިއަދު އެކަން ނުވެފައި ވަނީ ގެނެވިފައި އޮތް ސަރުކާރުގެ ދޯހަޅިކަމާއި ބަލިކަށި ކަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އަލީ ހުސައިން ވިދާޅުވީ ސަރުކާރު ބަލިކަށި ވަނީ ޚާރިޖީ ސިޔާސަތު ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނެތުމުން ކަމަށެވެ. އަދި ރައީސް ހުންނެވީ ޚާރިޖީ ވަޒީރު ބޯޓު ދަތުރުކުރަން، އެއް އަހަރު ފޮނުވައިގެން ކަމަށެވެ.