English Edition
Dhivehi Edition

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ފުރާވަޑައިގެންފިއެވެ.

މިއީ މި ޖޫން މަހުގެ 11 ން 17 އަށް ކުރައްވާ ދަތުރުފުޅެކެވެ.

ސުޕްރީމް ކޯޓުން ބުނީ މިއީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން އިންތިޒާމްކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ މި ދަތުރުފުޅުގައި އެމެރިކާގެ ކޯޓުތަކަށާއި ލޯ ސްކޫލްސްތަކަށް ޒިޔާރަތްކުރައްވުމަށް ހަމަޖެހިފައިވާކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

އުއްތަމަ ފަނޑިޔާރު އަރިހުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދު ވެސް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕީރިއާ ކޯޓްތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ބައެއްް ފަނޑިޔާރުންން ވެސް ބައިވެރިވެޑައިގަންނަވައެވެ.