English Edition
Dhivehi Edition

މަހުޖަނުންނާ އެއްވަރަށް ޒުވާނުން ގެންދިއުމުގެ ވައުދާއެކު އެމްއެންޕީގެ މެނިފެސްޓޯ އިފްތިތާހު ކޮށްފިއެވެ.

މެނިފެސްޓޯ އިފްތިތާހުކޮށްފައިވަނީ މީރުމާގައި އެކަމަށްޓަޖއި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އެ ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވީ އާބާދީ އިތުރުކުރަންޖެހޭ ކަމަށާއި އެކަމަށް ތަރުހީބު ވެސް ދޭންޖެހޭ ކަމަށެވެ. އަދި އޭނާގެ ވެރިކަމެއްގައި “މިނިސްޓްރީ އޮފް ހެޕިނަސް” ގެ ނަމުގައި މިނިސްޓްރީއެއް އުފައްދައި އާބާދީ އިތުރު ކުރުމަށް ހިތްވަރު ދީ އުފަންވާ ކޮންމެ ކުއްޖަކަށް 5،000 ރުފިޔާގެ އިނާޔަތެއްދޭނެ ކަމަށް ވެސް ވިދލަުވިއެވެ.

މީގެ އިތުރުން މެޑިކަލް އިންޝުއަރެންސް ކާޑެއް ތައާރަފްކޮށް، ބޭސްފަރުވާ އަށް ސަލާން ޖެހުން ނިމުމަކަށް ގެނައުމާއި އެކަނިވެރި މައިންނަށް ދޭ އިނާޔަތް 4،000 ރުފިޔާއަށް ހެދުމާއި ވަކި ވަރަކަށް އާމްދަނީ ނުލިބޭ އާއިލާތަކަށް މާލީ އިނާޔަތެއް ދިނުމަށް ވެސް މެނިފެސްޓޯ ގައި ވަނީ ހިމަނާފައެވެ.

އެމްއެންޕީގެ މެނިފެސްޓޯގައި އުމުރުން 18 އަހަރު ވެފައިވާ ކޮންމެ މީހަކަށް 3،000 ރުފިޔާގެ ރޯދަ އެލަވަންސެއް ދޭން ކަނޑައެޅުމާއި ހިޔާ ފްލެޓްތަކުގެ ކުލި 4،000 ރުފިޔާއަށް ކުޑަކުރުމަށް ވެސް ނިންމާފައި ވެއެވެ. އަދި މާލޭގައި ދުއްވާ އުޅަނދުފަހަރު މަދުކުރުމަށް ދިވެހިންނަށް ބަސް ދަތުރުތައް ހިލޭކުރުމާއި ރާއްޖޭގެ ދެކުނުން ގެއްލުނު މަސްކަނޑު އަނބުރާ ހޯދުމުގެ މަސައްކަތް ފަށައި، ސިއްރު ކޮށްފައިވާ ސިޓީ ހާމަކުރުމަކީ ވެސް ވައުދެކެވެ.

ނާޒިމްގެ 23 ވައުދުގެ ތެރޭގައި ހިމެނޭ ވައުދުތަކުގެ ތެރޭގައި

  • ކޮންމެ ކަމެއްގައި ވެސް އެންމެ ފުރަތަމަ ދިވެހިރާއްޖެ އަދި އެންމެ ފުރަތަމަ ދިވެހިން ކަމަށް ހަދާ ސިޔާސަތު ކަނޑައަޅައި ތަންފީޒު ކުރަން ފެށުން.
  • ގޯތީގެ ރަޖިސްޓަރީ ހުށަހެޅުމުން ހައުސިން ލޯނު ހަމަޖައްސަން ފެށުން.
  • ޑޮމެސްޓިކް ކަރަންޓު މީޓަރުތަކުން ކޮންމެ މަހަކު ފުރަތަމަ 100 ޔުނިޓް ހިލޭ ކުރުމާއި ޑޮމެސްޓިކް ފެން ބިލުން 3،000 މީޓަރުގެ ފެން ހިލޭ ކުރުން.
  • އަތޮޅުތަކުގެ އިގްތިސޯދީ ހަރަކާތް ފުޅާކުރުމަށް ގެސްޓް ހައުސް އަޅައި، ތަޅުދަނޑި ހަވާލުކުރުން.
  • ގޭބިސީން އުފެދޭ ޑޮމެސްޓިކް ކުނި އުކާލުން ހިލޭކުރުން.
  • ކޮތަޅުން ނަގާ 2 ރުފިޔާ ކަނޑާލުން.
  • އިސްލާމީ ފަތުވާދޭ މަތީ މަޖިލިސް އަލުން އެކުލަވާލައި، ދީނީ އިލްމުވެރިންނަށް ހައްގު ބަސް ބުނުމުގެ ޖާގަ ދިނުން.
  • ހެލްތު އިންޝުއަރަންސްގެ ތެރެއިން، މައްސަރު ދުވަސްތަކުގައި ބޭނުންކުރާ ޕެޑް، އައިޑީ ކާޑު ދައްކާލުމުން ހިލޭ ލިބޭ ގޮތް ހަދާނަން.
  • މަސްވެރިންނާއި ދަނޑުވެރިންނާއި އެހެން މަސައްކަތްތެރިންނަށް ހާއްސަ ޕެންޝަން ސްކީމެއް ތައާރަފްކުރުން.
  • މަސްވެރި އުޅަނދުތަކަށް އިންޓްރެސްޓް ފްރީ ލޯނުގެ ދަށުން އާރްއެސްޑަބްލިއު ސިސްޓަމާއި ރާޑާ ސިސްޓަމް ދޫކުރަން ފެށުން.
  • މަސްތުވާތަކެއްޗާއި ގޭންގުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ހާއްސަ ޓާސްކްފޯހެެއް އެކުލަވާލައި، އިންޓަވެންޝަން، ރިހިބިލިޓޭޝަނާއި ރީއިންޓެގްރޭޝަނަށް އަމާޒު ކުރާ ސިޔާސަތެއް ތަންފީޒު ކުރަން ފެށުން.
  • ދިވެހިރާއްޖޭގެ ޑިޖިޓަލް ކަރަންސީ ތައާރަފް ކުރުން.
  • އުމުރުން 18 އަހަރު ވުމުން ބޯހިޔާވަހިކަމުގެ ޝަރުތު ހަމަވާ މީހުންގެ ދަފްތަރެއް އެކުލަވާލުން.
  • ޖޭއެސްސީއަކީ ސިޔާސީ ނުފޫޒުން މިންޖުވެ، ޒާތީ ކަންކަމުން އެއްކިބާވެ ތިބެގެން އަދުލުގެ ނިޒާމު ނަޒާހަތްތެރިކަން ކަށަވަރުކުރާ މުއައްސަސާއަކަށް ހެދުން.
  • ރައްޔިތުންގެ މަޖިލީހުގެ ރިކޯލް ވޯޓު ނުވަތަ އެ ދާާއިރާއެއްގެ މީހުން ބޭނުން ނަމަ އެ މީހުންގެ މެމްބަރު ވަކިކުރެވޭ ގޮތް ތައާރަފްކުރުން.
  • ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމަށް ސަބްސިޑައިޒްކޮށް، ވޯޓާ ފިލްޓާ ސިސްޓަމް ގޭބިސީތަކަށް ދިނުން.
  • ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރާ ގޮނޑިތަކުގެ 30 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރުން.
  • ސްޓޫޑެންޓު ލޯން މައާފްކޮށްދޭނަން.
  • މަހުޖަނުންނާ އެއްވަރަށް ޒުވާނުން ގެންދާނަން.