English Edition
Dhivehi Edition

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވާ ‘ދަ ޑިމޮކްރެޓްސް’ ޕާޓީއަށް ސޮއިކުރި މީހުންގެ ލިސްޓު އީސީ ތެރެއިން ލީކުވި ކަމަށް އެ ޕާޓީން ބުނަމުންދާ ބަލަމުންދާ ކަމަށް އީސީ އިން ބުނެފިއެވެ.

އެ ޕާޓީއަށް ސޮއިކޮށްފައިވާ މެމްބަރުންގެ ލިސްޓެއް އިލެކްޝަންސް ކޮމިޝަންގެ ތެރެއިން ލީކުވެފައިވާއިރު އެ ލިސްޓުގައި ތިބި މީހުންނަށް ވަކިވަކިން ގުޅައި ސަރުކާރުގެ ބޭފުޅުން ބިރުދައްކަމުން އަންނަކަމަށް ދަ ޑިމޮކްރެޓްސް އިން ވަނީ ބުނެފައެވެ.

އީސީ އިން ބުނީ ލިސްޓް ލީކްވި ކަމަށް ބުނެ ޑިމޮކްރެޓްސްގެ ފަރާތުން އެ ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށާ އެއީ އެ ތަނުގެ ތެރެއިން ހިނގާފައިވާ ކަމެއްތޯ ބަލަމުން ދާކަމަށެވެ،

“ދަ ޑިމޮކްރެޓްސް” ގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ނައިބު، ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ، ސޮއި ކުރި މީހުންގެ ލިސްޓް އާންމުވެފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި އާންމު ކުރުމުގެ ކުރިން ކަމަށެވެ. ޑިމޮކްރެޓްސްއަށް ސޮއިކުރި މީހުންނަށް ސަރުކާރުން ބިރު ދައްކަމުންދާ ކަމަށް އެ ޕާޓީން ތުހުމަތުކޮށްފައިވާއިރު އީސީ އިން ބުނީ މި މައްސަލައިގައި އިތުރު އެއްޗެއް ބުނަން އެގޭނީ މި މައްސަލަ އިތުރަށް ބެލުމަށް ފަހު ކަމަށެވެ.