English Edition
Dhivehi Edition

މި ސަރުކާރުން އައްޑޫ ސިޓީއަށް ގެންނަ ތަރައްޤީ އާއި އަންނަ ކުރިއެރުން ފާހަގަކުރުމަށްޓަކައި މިރޭ އައްޑޫ ސިޓީގައި ހަވާއެރުވުމަށް ނިންމައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން ބުނީ އައްޑޫއަށް މިހާރު ލިބޭ ތަރައްޤީފާހަގަކޮށް އުފާ ފާޅުކުރުމުގެ ގޮތުން އެ ކައުންސިލުން މިރޭ ހަވާއެރުވުމަށް ނިންމާފައިވާކަމަށާ ހަވާ އެރުވުން އޮންނާނީ ހިތަދޫގައި ސިޓީ ސްކެއާގައިކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހު މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އައްޑޫ ސިޓީ ހިތަދޫ، ސިޓީ ސްކެއާގައި މި ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާ އޮންނާނީ ރޭގަނޑު 20:30 ގައެވެ.

ރައީސް އައްޑޫ އަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި އިއްޔެ ވަނީ އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވާފައެވެ. އަދި މިއަދު ހަވީރު ގަން އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާނެއެވެ.