English Edition
Dhivehi Edition
އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް-ފޮޓޯ:ޕީޕީއެމް

ގެއްލިގެން ދިޔައީ ރާއްޖޭގެ ސިޔާދަތުގެ ތެރޭގައިވާ ބޮޑު ތަނެއް ކަމަށާއި ވެރިކަމުގައި ހުންނެވުމުގެ މޯރަލް އޮތޯރިޓީ މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނެތްކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

“ކަނޑު ވިއްކުމާ ދެކޮޅު” ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ރާއްޖެ މިނިވަންވިތާ 50 އަހަރު ވެގެން ދިޔައިރު، ރާއްޖޭގެ ކަނޑުން ސަރަހައްދެއް އޭރު ވެރިކަމުގައި ތިއްބެވި އެއްވެސް ބޭފުޅަކު ދޫކޮށް ނުލައްވާ ކަމަށެވެ. އެހެން ނަމަވެސް މިއަދުގެ ސަރުކާރުން ފޮނުވާލި ސިޓީއަކުން ބޮޑު ގެއްލުމެއް ރާއްޖޭގެ މަސްވެރިންނަށާއި ދިވެހިންނަށް ލިބިގެން ގޮސްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ ކުރިން އައްޑޫސިޓީ ގަން ވެސް އިނގިރޭސިންނަށް ދިނީ ކުއްޔަށް ކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ މިހާރު ފެނިގެން މި ދިޔައީ ވަރަށް ކުޑަކުޑަ އެއްޗެއް ލިބޭނެ ކަމަށް ބަލައިގެން ކަނޑުގެ ބޮޑު ސަރަހައްދެއް ދޫކޮށްލި މަންޒަރު ކަމަށެވެ. އަދި އެކަންތައްތައް ފޮރުވުމަށް މީޑިއާތަކަށް ފައިސާ ދެމުންދާކަމުގެ ތުހުމަތުވެސް ނާޒިމް ވަނީ ކުރައްވާފައެވެ.

މީގެ އިތުރުން ނާޒމް ވިދާޅުވީ މި ސަރުކާރު މިއޮތީ ބޮޑުތަނުން ފެއިލްވެފައި ކަމަށް ވިދާޅުވެފައިވާކަމަށާ މި ސަރުކާރު މިހާރު ބަދަލުކުރަން ޖެހިއްޖެ ކަމަށެވެ. އަދި ސަރުކާރު ބަލިކޮށްލަން އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަން ޖެހިވަަޑައިގަންނަވާ ހާލަތެއްގައި އެކަން ވެސް ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.