English Edition
Dhivehi Edition
މާލެސިޓީ ކައުންސިލްގެ ޤުރުއާން އަދި މަދަޙަ މުބާރާތް 1443 ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. - ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ‘އާޓް އެންޑް ކްރާފްޓް ވޯކްޝޮޕް’ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ޕްރޮގްރާމަކީ އެއްވެސް ފީ އަކާއި ނުލާ ހިލޭ ސާބަހަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.

މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ އިރު މި ވޯކްޝޮޕްގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ބައިވެރިންގެ އަދަދަށް ބެލުމަށްފަހު އެކި ކުލާސްތަކަށް ބަހާލައިގެން މުޅި އަހަރުތެރޭގައިވެސް ކުލާސްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. މިއީ އެއް މަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.

ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށް ‘ފަންނުވެރިޔާ’ ޕްރޮގާރާމްގެ ދަށުން މާލެ ސިޓީ ކައުންސިލުން އަންނަނީ ގިނަ ޕްރޮގްރާމްތައް ހިންގަމުންނެވެ.