English Edition
Dhivehi Edition
ރައީސް ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ‘އޯޝަން ވީކްލީ’ ގެ ނަމުގައި ޓީވީ ޗެނަލެއް ހަދައިފިއެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ނެރެމުން އަންނަ ހަފްތާ މަޖައްލާއެއް ކަމަށްވާ އޯޝަން ވީކްލީ އިން ޓީވީ ޗެނަލެއް ހަދާފައިވާއިރު އެ ޗެނަލް އަދި ފެންނާނީ ޔޫޓިއުބުން އެކަންޏެވެ. އެޗެނަލް އާއި ގުޅޭ އިތުުރު މައުލޫމާތެއް އަދި ހާމަކޮށްފައި ނުވާއިރު މިއަދު އެ ޗެނެލް އިން ވަނީ މަޖިލީހުގެ ޖަލްސާ ދައްކާފައެވެ.

ރައީސް ނަޝީދުގެ އޯޝަން ވީކްލީގައި ސަރުކާރުގެ ބައެއް ސިޔާސަތުތަކެއް ފާޑުކިޔަމުން އަންނައިރު އެ މަނިކުފާނަށް ތާއިދުކުރައްވާ ފަރާތްތަކުން އަންނަނީ ސަރުކާރުން ރާއްޖޭގެ މީޑިއާތައް ހިސޯރުކޮށްފައިވާކަމަށް ބުނެ ފާޑު ކިޔާފައެވެ.

އަބަދު ވެސް ލިޔުންތެރިކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ރައީސް ނަޝީދުގެ އޯޝަން ވީކްލީ ނެރެން ފެށީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގައެވެ. ރައީސް ނަޝީދު ވަނީ މިހާތަނަށް ހަތަރު ފޮތަކާއި ދިރާސާއެއް ޝާއިއު ކުރައްވާފައެވެ.