English Edition
Dhivehi Edition

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ރިޔާސީ ރޭހުގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ކެމްޕޭން މެނޭޖަރަކާއި ތަރުޖަމާނެއް ހަމަޖައްސައިފިއެވެ.

އެ ޕާޓީން ބުނީ ކެމްޕޭން މެނޭޖަރަކަށް ހަމަޖެއްސީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ފަޔާޒް (އެފްއޭ) ކަމަށެވެ. އޭނާ ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރު ކަން ވެސް ކުރިންކުރައްވާފައެވެ.

ކެމްޕޭން ތަރުޖަމާނަކަށް ހަމަޖެއްސީ ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ. އޭނާއަކީ އެމްއެންޕީގެ އެއް ފައުންޑަރ އަދި އެއް ނައިބު ރައީސް ވެސް މެއެވެ.

ސެޕްޓެމްބަރު 7 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އެޕާޓީގެ ރިޔާސީ ޓިކެޓު ނާޒިމް އަށް ހަވާލުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްިއްޔާތުގައު ރިޔާސީ ކެމްޕޭން ރަސްމީކޮށް ލޯންޗް ކޮށް، ނާޒިމްގެ ރިޔާސީ ކެމްޕޭން ޝިއާރު ‘’އުޖާލާ ޒަމާން’’ ވެސް ވަނީ ލޯންޗުކޮށްފައެވެ.