English Edition
Dhivehi Edition

ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

ފަރެސްމާތޮޑާ ކައުންސިލުން ވިދާޅުވީ އެރަށުގެ ބަނދަރުގެ މިހާރުގެ ބޮޑުމިނަކީ 770 ފޫޓު ކަމަށެވެ. އޭގެ ތެރެއަށް މިހާރު އިތުރުކުރަނީ 500 ފޫޓު ކަމަށެވެ.

އެމްޓީސީސީއާ ހަވާލާދީ ފަރެސްމާތޮޑާ ކައުންސިލުން ވިދާޅުވީ މިއަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް އެ މަސައްކަތް މުޅިން ނިންމައިލެވޭނެ ކަމަށެވެ. “އެ މަސައްކަތް މިހާރުދަނީ ވަރަށް ބާރަށްކުރިއަށް. އެމްޓީސީސީން ބުނެފައިވަނީ މުޅި މަސައްކަތް ޑިސެމްބަރުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް،” ފަރެސް މާތޮޑާ ކައުންސިލްގެ ރައީސް ނަސްރުﷲ މުހައްމަދު ވިދާޅުވިއެވެ.

ފަރެސްމާތޮޑާއަކީ މަސްވެރިކަން އެންމެ ރަނގަޅު އެއްރަށެވެ. އެހެން ކަމުން އެރަށުގެ މީހުންގެ މައިގަނޑު މަސައްކަތަކީވެސް އެއީއެވެ. ނިސްބަތުން މަސްވެރިކަންކުރާ ދޯނިފަހަރު އެންމެގިނަ އެއްރަށަށް ފަރެސްމާތޮޑާވާނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުގައި މަދުވެގެން 13 ދޯނި މަހަށް ފުރައެވެ.