English Edition
Dhivehi Edition

މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް ރާއްޖެގޭ އެކި ހިސާބުތަކުގައި މިފްކޯއިން ގާއިމް ކުރަމުންދާ އައިސްޕްލާންޓު ތަކުގެ ތެރެއިން އިތުރު ދެ ޕްލާންޓެއް މިއަހަރު ހުޅުވާނެއެވެ.

މިފްކޯގެ ސީއީއޯ އަދުލީ އިސްމާއީލް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ހުޅުވާނީ ތ. ހިރިލަންދޫ އައިސްޕްލާންޓާއި، ގއ. ދާންދޫގައި ގާއިމްކުރަމުންދާ އައިސްޕްލާންޓް ކަމަށެވެ.

“އެ ދެ ޕްލާންޓްގެ މަސައްކަތް މިހާރުވަނީ ގާތްގަނޑަކަށް ނިމިފައި. މިއަހަރު އެ ދެތަންވެސް ހުޅުވޭނެ. އަދި މިއަންނަ އަހަރުތެރޭގައި ނ. ޅޮއްސާއި ބ. ތުޅާދޫ އައިސް ޕްލާންޓް ނިންމައި ހުޅުވާނަން،” އަދުލީ ވިދާޅުވިއެވެ.

އަންނަ އަހަރު ފުވައްމުކަކުގައިވެސް އައިސް ޕްލާންޓެއް ގާއިމް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެތަނުގައި މަސައްކަތް އަދި ނުވެސް ފަށައެވެ. މީހާރު މަސައްކަތްކުރަނީ ޕްލާންޓް ބަހައްޓާނެ ބިންހޯދުމާއި އެއާގުޅޭ އެހެނިހެން ކަންކަން ހަމަޖެއްސުމަށް ކަމަށްވެސް އަދުލީ ވިދާޅުވިއެވެ.

އަދުލީ ވިދާޅުވީ ރާއްޖެއަށް އެންމެފަހުކުރި ވިއްސާރައަށްފަހު މަސްވެރިކަންވެސްވަނީ ވަރަށްބޮޑަށް ރަނގަޅުވެފައި ކަމަށެވެ. އެހެންކަމުން މަސްވެރިންނަށް ބޭނުންވާ އައިސް އެއްވެސް ދަތިކަމެއްނެތި ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ޓެގު