English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ފުރަތަމަ ފޭސްގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވައިފިއެވެ.

އެ ބޭންކުން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ 10 ޕްރޮޖެކްޓަށް ހޮވިފައިވަނީ ކުޑަކުދިންގެ ސްކޭޓް ޕާކު ތަރައްގީ ކުރުން – ރ. ދުވާފަރު، ޕްރޮޖެކްޓް ހުށަހެޅީ ދުވާފަރު ޒުވާނުންގެ ޖަމިއްޔާ އާއި ބެލިނިވެރިންނާއި ދަރިވަރުންނަށް މަޑުކޮށްލައިގެން ތިބޭ ހިޔާވާ ތަނެއް ގާއިމްކުރުން- ޏ. ފުވައްމުލައް، ޕްރޮޖެކްޓް ހުށަހެޅީ ދަޑިމަގު ޒުވާނުންގެ ޖަމިއްޔާ އާއި އޮޅަމަތާ އިކޯ ޕާކުގެ ދެވަނަ ފިޔަވަހި ތަރައްގީކުރުން – ގދ. ހޯޑެއްދޫ، ޕްރޮޖެކްޓް ހުށަހެޅީ ހޯޑެއްދޫ ސްޕޯޓްސް އެވެ.

މީގެ އިތުރުން ދޯދި ޕިކްނިކް އަދި ކޭމްޕިންގ ސަރަހައްދު ގާއިމްކުރުން – ބ. ދަރަވަންދޫ، ޕްރޮޖެކްޓް ހުށަހެޅީ ދަރަވަންދޫ އެކުވެރި ޒުވާނުން އާއި ތިނަދޫ ކުޅި ތަރައްގީކުރުން – ގދ. ތިނަދޫ، ޕްރޮޖެކްޓް ހުށަހެޅީ ހުވަދޫ ސްއިމިންގ ކްލަބާއި މުލަކު ސްކޫލުގައި ރީޑިންގ ޕާކެއް ގާއިމްކުރުން – މ. މުލަކު، ޕްރޮޖެކްޓް ހުށަހެޅީ ކޮމިއުނިޓީ އެންޕަވަރމަންޓް ލިންކޭޖް (ސެލް) އާއި ހާބަރުގައި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދެއް ގާއިމްކުރުން – ލ. ކުނަހަންދޫ، ޕްރޮޖެކްޓް ހުށަހެޅީ ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގްރޫޕް (ކިންގް) ވެސް ވަނީ ހޮވިފައެވެ.

ބީއެމްއެލް އިން ބުނީ ނެއްލައިދޫ ސްކޫލަށް ކުޅިވަރު ސާމާނު ފޯރުކޮށްދިނުމާއި ތަމްރީން ދިނުން – ހދ. ނެއްލައިދޫ، ޕްރޮޖެކްޓް ހުށަހެޅީ ފަޓޯ ސްޕޯޓްސް އެކަޑަމީ އާއި އައްޑޫ އަތޮޅުގެ ރައްޔިތުންނަށް އޯޝަން އެޑިއުކޭޝަން މައުލޫމާތު ދިނުން – ސ. ހިތަދޫ، ޕްރޮޖެކްޓް ހުށަހެޅީ މޯލްޑިވްސް މަންތާ ކޮންޒަވޭޝަން ޕްރޮގްރާމާއި ބަނދަރުގައި ހިޔާއެއް ތައްޔާރުކުރުމާއި ފާހާނާ ހެދުން- –ސ. ފޭދޫ، ޕްރޮޖެކްޓް ހުށަހެޅީ އައްޑޫ އިކޯ ކްލަބަށް ވެސް އެހީ ލިބޭނެ ކަމަށެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 90 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައެވެ.