English Edition
Dhivehi Edition
އާ ޕާޓީ އުފެއްދުމުގެ ފޯމު، އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބްއާ ހވަލާކުރުން - ފޮޓޯ: މިހާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވައި ސިޔާސީ ޕާޓީ “ދަ ޑިމޮކްރެޓްސް” އުފެއްދުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ނަމުގައެވެ.

މިއަދު ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އެ ޕާޓީގެ ތަރުޖަމާނު އަފްޝާން ލަތީފު ވިދާޅުވީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެއޮންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓެއް ވާދަކުރައްވާނެ ކަމަށެވެ.

އެމްޑީޕީ ތެރޭގައި އުފެދުނު ހިތްހަމަނުޖެހުންތަކާ އެކު ރައީސް ނަޝީދުއަށް ތާއިދުކުރައްވާ މަޖިލީހުގެ 12 މެންބަރަކު ވަނީ އެ ޕާޓީން ވަކިވެފައެވެ.