English Edition
Dhivehi Edition

ޑްރަގް ޓްރެފިކު ކުރާ މީހުންނަށް މަރުގެ އަދަބުދޭން ތާއީދު ކުރައްވާކަމަށް އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިފަދައިން ވިދާޅުވީ ‘ނާޒިމް ބުނީ ކީކޭ؟’ ގެ ނަމުގައި އެމްއެންޕީން ކުރިއަށް ގެންދިޔަ ކްލަބްހައުސް ލައިވް އިވެންޓުގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ މިރާއްޖޭގެ ޑްރަގުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ޑްރަގު އެތެރެ ކުރާމީހުންނަށް ހަރުކަށި އަދަބު ދެވޭނެ އުޞޫލެއް ގާއިމުކުރުމަކީ އެމަނިކުފާނު ތާއީދުކުރަށްވާ ކަމެއް ކަމަށެވެ. އަދި އެމްއެންޕީގެ ސަރުކާރެއްގައި ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭނެ ގާނޫނެއް ފަރުމާކުރުމަށް މަސައްކަތް ކުރައްވާނޭކަމަށެވެ.

އެ ޕާޓީން ސިލްސިލާކޮށް ކުރިއަށްގެންދާ ‘ނާޒިމް ބުނީ ކީކޭ؟ ޕްރޮގްރާމަކީ އާންމުންގެ ބޮޑު ތަރުހީބެއް ލިބޭ އަދި އާންމު ފަރާތްތަކުން ވަރަށް ގިނަ ސުވާލުތަކެއް ވެސް އަމާޒުވަމުން އަންނަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ހުށަހަޅާދެއްވީ އެމްއެންޕީގެ ނާއިބް ރައީސް ހުސައިން އިސްމާއިލްއެވެ.