English Edition
Dhivehi Edition
އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު - ފޮޓޯ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދުމުގެ މަސައްކަތްކުރަމުންދާ ޕާޓީގެ ސްޕޯކްސްޕާސަންއަކަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފު ހަމަޖައްސައިފިއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިކުރެއްގެ ދިރުމުން އަލަށް ރަޖިސްޓަރީ ކުރުމަށް މަސައްކަތްކުރާ ސިޔާސީ ޕާޓީއާގުޅޭ ކަންކަމުގައި މައުލޫމާތު ހިއްސާކުރައްވާނީ އަފްޝަން ލަތީފު ކަމަށެވެ.

ފިކުރެއްގެ ދިރުމުން އުފައްދާ ޕާޓީ، އުފެއްދުމުގެ ހުއްދައަށް އެދި އަންނަ ހަފްތާގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ވިދާޅުވެފައިވާއިރު ޕާޓީ އަށް ކިޔާނެ ނަން، ނަމުގެ ތަފްސީލު ކުލަ އަދި ލޯގޯ ހުށަހެޅުމުގެ ފުރުސަތު ވަނީ އޮންލައިންކޮށް ހުޅުވާލާފައެވެ.

ރައީސް ނަޝީދު އުފެއްދެވި ފިކުރެއްގެ ދިރުމަށް ތާއިދު ކުރާ ރައްޔިތުން މަޖިލީހުގެ 13 މެންބަރަކު އެމްޑީޕީން ވަކިވެފައިވާއިރު ރައީސް ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގައެވެ.