English Edition
Dhivehi Edition
އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު - ފޮޓޯ ރައީސް އޮފީސް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމުން އަފްޝަން ލަތީފް އިސްތިއުފާ ދެއްވައިފިއެވެ.

އެލްޖީއޭގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވަމުން ކައުންސިލްތަކަށް ފޮނުއްވި ސިޓީގައި އަފްޝަން ވަނީ އެލްޖީއޭގެ މަސައްކަތް ކުރިއަށް ގެންދެވި ގޮތާ، އިސްކަން ދެއްވި ކަންތައްތަކުގެ އިތުރުން ކުރެއްވި މަސައްކަތުގެ ތަފްސީލު ކައުންސިލްތަކާ ހިއްސާކޮށްފައެވެ.

މީގެ އިތުރުން މި ސިޓީގައި އަފްޝަންވަނީ އެ މަގާމުގައި ހޭދަވި ތިން އަހަރު ތެރޭގައި ކައުންސިލްތަކުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ.

2020 ގައި އެލްޖީއޭގެ ސީއީއޯއަކަށް އައްޔަން ކުރި އަފްޝަން އެ މަގާމުން އިސްތިއުފާ ދެއްވާ ސީދާ ސަބަބު ހާމަކޮށްފައިނުވާއިރު، އަފްޝަން އެލްޖީއޭގެ ވަޒީފާއަށް ޒީފާއަށް ނުކުންނަވާނެ އެންމެ ފަހު ދުވަހަކީ ބުރާސްފަތި ދުވަހެވެ.