English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމައިފިއެވެ.

އެކަން ހާމަކުރީ ނަޝީދަށް ތާއީދު ކުރައްވާ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންތަކެއް ޕާޓީން ވަކިވުމަށްފަހު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެ ފެކްޝަނަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ އާ ޕާޓީއެއް އުފައްދަން ނިންމައި، ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް އިންތިހާބުގައި ވާދަކުރައްވާނީ ކޮން ބޭފުޅެއްކަމެއް އަދިހާމައެއް ނުކުރެއެވެ.

ރައީސް މުހައްމަދު ނަޝީދު ފިޔަވައި “ފިކުރެއްގެ ދިރުމުގައި” އިސްކޮށް އުޅުއްވި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން މިއަދުވަނީ އެމްޑީޕީން ވަކިވެފައެވެ.

އެ ޕާޓީން ވަކިވި މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހިމެނެއެވެ. އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވެސް ހިމެނެއެވެ.

މީގެ އިތުރުން އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އާއި މުހައްމަދު ރަޝީދު (ބޯދިގު، މައްޗަންގޮޅި އުތުރު) ވެސް ހިމެނެއެވެ. އަދި ހަސަން ޝިޔާން (ތޮއްޑޫ ދާއިރާ) އާއި އަހްމަދު ޒާހިރު (ގައްދޫ) އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވެސް ވަނީ އެމްޑީޕީން ވަކިވެފައެވެ.