English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ “ބީއެމްއެލްގެ ވާއު ކިޑްސް ރަން” ބާއްވައިފިއެވެ.

800އަށް ވުރެ ގިނަ ކުދިންނާއެކު މިއަހަރުގެ ދުވުން ބާއްވާފައިވަނީ މިއަދު ހެނދުނު ހުޅުމާލޭގައެވެ.

މި ދުވުމުގައި މިއަހަރު ވަނީ ތިން ގިންތިއެއްގައި ކުދިން ހިމަނާފައެވެ. އެއީ އެއް ކިލޯ މީޓަރުގެ ދުވުމުގައި 3 އަހަރާއި 5 އަހަރާ ދެމެދު ގެ ކުދިންނާއި 2 ކިލޯމީޓަރުގެ ދުވުުގައި 6 އަހަރާއި 8 އަހަރާ ދެމެދު ގެ ކުދިންނާއި 3 ކިލޯ މީޓަރުގެ ދުވުމުގައި 9 އަހަރާއި 11 އަހަރާ ދެމެދު ގެ ކުދިންނެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި ބާއްވާ މި ދުވުމުގައި ބައިވެރިވެ، ދުވުން ނިންމުމުން މެޑަލް ލިބެއެވެ.

ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން މި ދުވުން ބޭއްވި މިއިީ ހަވަނަ އަހަރެވެ.