English Edition
Dhivehi Edition

ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ މާ ހަޑިކޮށް ކަމަށާއި އެހެން ނޫޅުއްވުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ގޮވާލައްވައިފިއެވެ.

ރޮޒެއިނާ މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖަކައި ގުޅިގެންނެވެ.

އެ މެސެޖުގައި މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު އިންނަވާހާ ހިނދަކު، މެންބަރުންގެ އެދުމާއި ރުހުމާ ނުލައި މަޖިލީހުގެ އެއްވެސް ކޮމެޓީއަކުން އެއްވެސް މެންބަރަކު ވަކިނުކުރެވޭނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތަށް ހިންގަން އޮންނަތަނެއް ނޫން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ގަވާއިދުގައި އެކަން އޮންނަ ގޮތުގެ ސްކްރީންޝޮޓް ތަކެއް ހިއްސާ ކުރައްވާ، ރޮޒެއިނާ ވިދާޅުވެފައިވަނީ މަޖިލީހުގެ ގަވާއިދުގައި މަޖިލީހުގެ ކޮމިޓީތަކަށް މެންބަރުން ލުމާއި ވަކިކުރުމަކީ އެ މަޖިލީހުގެ މެންބަރަކު ހިމެނޭ ސިޔާސީ ޕާޓީއަށް އޮންނަ ބާރެއް ކަމަށެވެ.

އެ ބާރު މަޖިލީހުގެ ރައީސްއަށް ނޯންނާނެ ކަމަށާއި އެކަން ކުރަންވީ ގޮތް ވެސް މަޖިލީހުގެ ގަވާއިދުގައި ސާފުކޮށް އެބަ އޮތް ކަމަށް ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ.

“ރައީސް ނަޝީދު އުޅުއްވަނީ މާ ހަޑިކޮށް. އެހެން ނޫޅުއްވާ.” ރޮޒެއިނާ ވިދާޅުވެފައި ވެއެވެ.