English Edition
Dhivehi Edition
ފޮޓޯ: ޝާހިދު

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފިލިޕީންސްގެ ސެކްރެޓަރީ އޮފް ފޮރިން އެފެއާޒް އެންރީކޭ މަނާލޯއާ ބައްދަލުކުރައްވައިފިއެވެ.

ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނާ ބައްދަލުވެވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި އުފަލެއްކަމަށެވެ. ޝާހިދު ވިދާޅުވީ އެ ދެ ބޭފުޅުންގެ ބައްދަލުވުމުގައި ރާއްޖެ އާއި ފިލިޕީންސާ ދެޤައުމުގެ ގުޅުންތައް އައު ހަރުފަތަކަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

އަދި މިއަހަރަކީ ރާއްޖެއާއި ފިލިޕީންސާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރޭ އަހަރުކަން ޝާހިދު ފާހަގަކުރެއްވިއެވެ.