English Edition
Dhivehi Edition
ފޮޓޯ: އެމްޕީއެލް

މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއާނުކޮށް ގިނަދުވަސްވީ މުދާތައް ނެގުމަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަންގައިފިއެވެ.

މިއަދު އެމްޕީއެލް އިން ކުރި އިއުލާނެއްގައި ވަނީ މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއާ ނުކޮށް ގިނަދުވަސްވީ މުދާ މިއަދުން ފެށިގެން 07 ދުވަހުގެ ތެރޭގައި ކްލިއާ ކުރުމަށް އެ މުދަލުގެ ވެރިފަރާތް ތަށް އަންގާފައެވެ. އަދި މި މުދަލުގެ ތެރޭގައި ކަމާބެހޭ އެއްވެސް މުއައްސަސާއަކުން ހިފަހައްޓާފައިވާ މުދަލެއް ވާނަމަވެސް އެތަކެއްޗާއި މެދު ވަކިގޮތެއް ނިންމުމަށް ފަހު ބަނދަރުން ކްލިއާ ކުރުމަށް ނުވަތަ ނައްތާލުމަށް ވެސް އެމްޕީއެލް އިން ވަނީ އަންގާފައެވެ.

މީގެއިތުރުން އެމްޕީއެލް އިން ވަނީ މިމުއްދަތުގެ ތެރޭގައި މުދާ ނުނަގާނަމަ މިފަދަ މުދަލާ މެދު އަމަލު ކުރުމަށް އެ ކުންފުނީގައި ހަމަޖެހިފައި އޮންނަ ގަވާއިދުގެ ދަށުން އެ މުދާތައް ނީލަމުގައި ވިއްކާލާނެ ކަމަށް ބުނެފައެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ނީލަމުގައި ވިއްކާ ނުލެވޭ މުދާ ނައްތާލުމަށް ފަހު، އެމުދަލެއް ނައްތާލުމަށް ހިނގާ ހަރަދު މުދަލުގެ ވެރިފަރާތަށް ބިލްކުރެވޭނެ ކަމަށް ވެސް އެމްޕީއެލް އިން ވަނީ ބުނެފައެވެ.