English Edition
Dhivehi Edition

އއ.މަތިވެރީގެ ހޮޓަލެއްގައި މާރާމާރީ ހިންގައިފި

އއ. މަތިވެރީ ހޮޓަކަށް ވަން މީހެއްގެ ގައިގައި އެ ހޮޓަލުގައި ތިބި ބަޔަކު ޖަހައި މާރާމާރީ ހިންގައިފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ މަތިވެރީ ހޮޓަކަށް ވަން މީހެއްގެ ގައިގައި އެ ހޮޓަލުގައި ތިބި ބަޔަކު ޖަހައި މާރާމާރީ ހިންގި މައްސަލައެއް މިއަދު ހަވީރު އެ ސާވިސްއަށް ހުށައަޅާފައިވާ ކަމަށެވެ. މާރާމާރީގައި މީހަކަށް އަނިޔާވެފައިވާނަމަވެސް ބޮޑު އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ގެންދަވަނީ މިމައްސަލަ އިތުރަށް ތަޙުގީގު ކުރައްވަމުންނެވެ.

މިއަދު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ. މަތިވެރިއަށް ވަޑައިގެންނެވުމުން އެރަށުގައި ހަމަނުޖެހުމެއް ހިނގާފައިވެއެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެރަށުގެ މީހަކު ޖާބިރުގެ ގެސްޓްހައުސްއަށް ވައްދާ ބަޔަކު އަނިޔާ ކޮށްފައިވާކަމަށެވެ. މީގެ ކުރިންވެސް ޖާބިރު އެރަށަށް ވަޑައިގެންނެވުމުން ބަޔަކު މުޒާހަރާ ކޮށްފައިވެއެވެ.